Home Page >
Local
މުވައްޒަފަކު ދައުލަތުގެ ފައިސާގައި ޖެހިއްޖެކަން އަންގަންވާ ތަންތަނަށް ނާންގައި ހުރުމަކީ ޤައުމު ހަލާކުކޮށްލުން: ރައީސް ނަޝީދު
Wed, 03 Feb 2010 22:17:00
Share
އއ މަތިވެރީ ރައްޔިތުންނާ ރައީސް ނަޝީދު މިއަދު ބައްދަލު ކުރައްވަނީ
Article by:
http://www.presidencymaldives.gov.mv
ދައުލަތުގެ ސިޔާސީ މުވައްޒަފަކުވެސް އަދި އެހެން މުވައްޒަފަކުވެސް ދައުލަތުގެ ފައިސާގައި ނުވަތަ އެހެން އެއްވެސް އެއްޗެއްގައި ޖެހިއްޖެކަން އެއްވެސް ފަރާތަކަށް އެނގިއްޖެނަމަ، އަންގަންވާ ތަންތަނަށް ނާންގައި ހުރުމަކީ ވަރަށްބޮޑު ގޯހެއް ކަމަށާއި، އެއީ މުޅި ޤައުމު ހަލާކުކޮށްލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު އަރިއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، މަތިވެރިއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދައުލަތުގެ ޚަޒާނާގައި ހުރީ ރައްޔިތުންގެ މުއްސަނދިކަން ކަމަށާއި، އެއިން ލޯ ލާރިއެއްގައިވެސް އެމަނިކުފާނު ޖެހިވަޑައިނުގަންނަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް އެނގިވަޑައިގަންނަވައިގެން، އެއްވެސް މުވައްޒަފަކު ދައުލަތުގެ އެއްވެސް އެއްޗެއްގައި ޖެހިއްޖެނަމަ، އޭގެ ޙައްޤު އަދަބު އިރާދަކުރެއްވިއްޔާ އެމީހަކަށް ދެވޭނެ ކަމުގައި ވިދާޅުވިއެވެ. މި ސަރުކާރުން މީހުން ހިފާ ހައްޔަރެއް ނުކުރާނެ ކަމަށާއި، މި ސަރުކާރުން އަނިޔާއެއް ނުކުރާނެ ކަމުގައި ވިދާޅުވެ، ރަނގަޅު ފުރިހަމަ ޝަރީޢަތަކަށް ޝަރްޢީ ނިޒާމުގެ ހުރިހާ މަރްޙަލާއެއް ނިމިގެން ނޫނިއްޔަކާ، އިރާދަކުރެއްވިއްޔާ މީހަކަށް އަދަބެއް ނުދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މަތިވެރީ ރައްޔިތުންނާ މުޚާޠަބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަޢްލީމީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. ސަރުކާރުގެ ތަޢްލީމީ ސިޔާސަތުގެ ބޭނުންފުޅަކީ، ރަނގަޅު ނަތީޖާއެއް ނެރުއްވުން ކަމަށާއި، އެ ނަތީޖާ ނެރުއްވުމަށް ކުރެވެންހުރި މަސައްކަތްތައް ސަރުކާރުން ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ދިވެއްސާއި ޤުރްއާން ކިޔަވައިދޭނެ މުދައްރިސުން ނެތްކަން ފާހަގަކުރައްވައި، އެއީ މީހުން ތައްޔާރު ކުރެވިފައި ނެތީމާ ވީގޮތެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި މުދައްރިސުންނާއި ޤުރްއާން މުދައްރިސުން ނެތްކަން އެއީ، ރާއްޖޭގެ ކޮންމެ މަދަރުސާއަކަށްވެސް ކުރިމަތިވެފައިވާ ދައްޗެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ޙަޤީޤީ ތަރައްޤީ ގެނެވޭނީ، މަދަރުސާތައްވެސް ތަރައްޤީކޮށްގެން، ޞިއްޙީ ޚިދްމަތްތައްވެސް ރައްޔިތުންނަށް ރަނގަޅަށްދީގެން، ވަޒީފާގެ ފުރްޞަތުތައްވެސް ފުޅާކުރެވިގެން ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މަތިވެރީ ބަނދަރު ހެދުމަށް ކުރަންހުރި ހުރިހާ ކަމެއް މިހާރު ނިމިފައިވާކަންވެސް ހާމަކުރެއްވިއެވެ. އަދި ބަނދަރު ހައްދަވާއިރު، ބޯޅަދަނޑުގެ މަސައްކަތްވެސް ކުރެވޭނެގޮތެއް ރާއްވަވާނެ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މަތިވެރިއަށް ވަޑައިގަތީ މިއަދު ހެނދުނުއެވެ. މަތިވެރިއަށް ވަޑައިގެން، އެރަށުގެ ޢާންމު ޙާލަތު ބައްލަވާލެއްވިއެވެ. އަދި ރަށު އޮފީހަށާއި، ރަށު ސްކޫލަށް ޒިޔާރަތް ކުރެއްވިއެވެ.
Fact: Israel receives USD$3 Billion in Aid from the United States each year or about $8 million every day. Majority of which goes to Israeli Military which in turn buys American manufactured Helicopters and Fighter Jets which are currently being used in violation of International Law against occupied Palestine.
Latest Release
Download or listen to the Hereafter.
Sandhaanu Zaki Letter to HRCM Amnesty International Case Study
The Prophet, peace and blessing of Allah be upon him, said: "All believers are similar to a body, and if a part of that body aches, then the entire body responds with pain and fever" ("Sahih al-Bukhari", 6011, "Sahih Muslim", 2586).
Allah Was Preparing Him... The story of Umar Ibn Al-Khatab, of how Allah (swt) was preparing him for the important role he was to play in Islam...
Short Advice... Video lecture by world known and highly popular Western scholar Imam Anwar Awlaki about the virtues of the Sahabah from...
How Western anti-Muslim... As scholars who work on the centuries-old Islamic presence in Europe and the continent’s first post-Holocaust genocide...
Now My God Has a Name Explore an ex-US Marine's journey to Islam
The Facts under Maumoon. Kalaafanu School, Social Centre Male' Thoshi & Community School - Donated by Japan. Majlis - Donated by Pakistan Flats - Donated by China. IGMH - Donated by India. College Library - Donated by Sri Lanka Tsunami Projects - Funded by UN, Red Cross & other donors. Mosques - Build by private individuals. Islamic Centre - Donated by Arabs. Where Did Our Money Go?? Don't you think 30 Years in ENOUGH . No More. Come Guys, Wake Up. Say NO to Maumoon & his cronies.