އަހްސަން
ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ބޭރުގެ ފަރާތްތަކުން އެހީވުމަށް ތައްޔާރަށް އޮތްކަމަށް އެފަރާތްތަކުން ބުނަމުންއެބަދެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހައް އައިސްފައިވާ ބަނަކަމުން ސަލާމަތްކަން ހޯދާ ސަލާމަތު އައްސޭރިއަކަށް ދިއުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އިންޓަރ ޕާލިމެންޓްރީ ޔޫނިއަން އާއި ރާއްޖޭގައި ހުންނަ އދ. އޮފީސް ހިމެނެއެވެ.
މީގެ އިތުރުން މިމައްސަލަ ހައްލުކުރުމަށް މިހާތަނަށްވަނީ ގިނަ ފަރާތްތަކުން މަސައްކަތް ކޮށްފައެވެ. އެގޮތުން ސިޔާސީ ގަޑުބަޑު ‘ފިނި’ކުރުމަށް މަޖިލިސްގެ ރައީސް އާއި އެމެރިކާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރާއި، އަވައްޓެރި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އެހީތެރިކަންވަނީ ހޯދާފައެވެ.
އެހެނަސް ޔޫރަޕްގެ އިއްތިހާދުގެ ޔޫނިއަން ފޯ ފޮރިން އެފެއާޒް އެންޑް ސެކިޔުރިޓީ ޕޮލިސީގެ ނާއިބް ރައީސް ކެތަރިން އެޝްޓަންގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި، ރާއްޖޭގައި މިހާރު އުފެދިފައިވާ މައްސަލައަށް ‘އަމިއްލައަށް’ ހައްލުހޯދުމަށް ވަނީ ގޮވާލާފައެވެ.
މިއަދުގެ މަޖިލީސް ޖަލްސާވެސްވަނީ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި ޑީއާރޕީގެ މެމްބަރުނުގެ ކޯޅުންގަނޑުބޮޑިުވެގެން ހުއްޓާލަން މަޖުބޫރުވެ ހުއްޓުވާލައްވާފައެވެ. ރީކޯމޫސާމަނިކާއި މަހުލޫފު މަޖިލީސްތެރޭގައި ވަނީ މާރާމާރީ ހިންގައިފާކަމުގައި ޚަބަރުލިބެއެވެ.
19072010