ސަންއެފްއެމްއަށް އާރަށުގައި ހުންނަވައިގެން ދެއްވި ބަސްފުޅެއްވައި ވިދާޅުވަނީ ގާނޫނުގެ އިމުގެތެރެއިންނޫނީ އެއްވެސްކަމެއް ނުކުރަށްވާނެކަމުގައެވެ. ޖަލުބަހުންދަންނަވާނަމަ އެއީ ސައިޒު އެނގުމެވެ.
ވިސްނާލެއްވުންހުއްޓެވެ. ޔާމީނަކީ އޭނާގެ ބޭބޭފުޅު މައުމޫނު ގައްޔޫމުގެ ދިގުލާދިޔަ އަނިޔާވެރި 30 އަހަރުގައި ދިވެހީންގެ ތެރެއިން އެބޭފުޅުންނާއި ޚިޔާލުތަފާތުވާ ބޭފުޅުން ހިފާހައްޔަރުކޮށް ކުދިކުދި ގޮޅިތަކަށް ލައްވާ ހޫނުގަދަވެގެންވާ ޢަޒާބު އެއުރެނަށް ލިބިދެއްވުމުގެ މާހިރު އެޑްވައިޒަރެވެ.
ކުރީ ހަފުތާގައި ފުލުހުންގެ ބެލުމުގެދަށަށް ގެންދަވާ، ރިޝްވަތާއި ނުފޫޒުގެ ބޭނުން ކުރައްވައިގެން މަޖިލީހުގެ މެމްބަރުންލައްވާ ގައުމު އަމަން ޢަމާންކަން ގެއްލުވާލައި ސަރުކާރުން ކުރަށްވަން ގަސްދުކުރައްވާ ރައްޔިތުންނަށް ފައިދާހުރި އެއްވެސްކަމެއް ވިޔަނުދިމަށް މަސައްކަތްކުރެއްވި ކަމުގެ ތުހުމަތުހިންގުމުން ހަނނުހުންނަވައި ޝަރުޢީނިޒާމުން ހަނިގޮތަކުން ސަލާމަތްވުމުން ވަރަށް ހަށިފުއްޕިއެވެ.
ހަމަ ގޭބަންދުން ދޫކޮށްލުމުން ރައީސް ނަޝީދަށް މަލާމާތްކޮށް ރައީސް ނަޝީދުގެ އަޑުން މަލާތްމާތްވައްތަރަށް ވާހަކަދައްކާ ހަޑި އިބާރާތުން މަލާމާތްކުރިއެވެ. ޓީވީ އާއި ރޭޑިއޯ މެދުވެރިކޮށެވެ.
ހަގީގަތުގައި ސުވާލެއްކުރުމުން ހަނނުހުރުމަކީ އެކަމާ އެއްބަސްވެވުން ކަމުގައިބެލެވެއެވެ. މާސުމާޓް މީހަކަށް ވެވުނީއެއްނޫނެވެ.
އަސްލު މިބޭފުޅިންނަކީ މާކަ ގަދަ ހިތްވަރުގަދަ ބޭފުޅުންނެއްވެސްނޫނެވެ. އަމިއް ހަށިރައްކަލަށްޓަކައި އެއޮއްފަދަ ހިތްގައިމު އާރަށުގައި 3 ދުވަސްވާއިރަށް މިހާރު ގާނޫނުގެ ބޭރުން އެއްވެސް ކަމެއްނުކުރަށްވާނެކަމަށް ވިދާޅުވަނީ ތަކުރާރުކޮށެވެ. އަދި މޫސާޖަލީލަށް އެސްއެމްއެސްވެސް މިމޭރުމުން ފޮނުވުނު ޢަދަދެއްނޭގެއެވެ.
މިފެންނަނީ ހިތްވަރުގަދަކަމަށް ދަޢުވާ ކުރައްވާ ލީޑާރުންގެ ފެންވަރެވެ. ދޫނިދޫ އިންޖީނުގޭގެ އިންޖީނުގަނޑުގެ ދުންހޮޅިކައިރީ ޗެންޗޭނުޖެހިނަމަ މިހާރު ސަލާމަތްވުމަށްޓަކައި ނުކުރައްވާކަންތައްތައްވެސް ކިޔާ އެސްއެމްއެސް ކުރާނެެއެވެ. އެހެނަސް ބޭބޭފުޅުގެ 30 އަހަރުލީ އަނިޔާވެރި ވެރިކަމުގައި މީހުނަށް މިފަދަ ލާއިންސާނީ ޢަމަލު ދިނުމުގައި ޢަމަލީ ރޯލެއް ކުޅުއްވިއިރު، މިފަދަ ރެސޯޓެއްގައި މަޑުކޮށްލައްވާހާ ހިތްވަރުނެތެކޭ ހިތްޕުޅަކަށް ނާރައެވެ.
ޝައްކެއްނެތެވެ. އޮޅޭނެ އެއްވެސް ކަމެއް ޔާމީނުގެ މައްސަލައަކު ނެތެވެ. ރޭވުންތަށް ރޭވިގޮތާއި ސަރުކާރު ބާރުގެބޭނުން ހުރިހާގޮތަކުންކޮށްގެންވެސް ވައްޓާލަން ރޭވިހުރިހާރޭވުމެއްވަނީ ރެކޯޑްކުރެވިފައެވެ. ރައީސް ނަޝީދުގެ ހިތްތިރިކުރުމުގެ ސިޔާސަތް އަދިވެސް އޮތުމާއިއެކު ޔާމީނުލައްވާ އޭނާ އެބަޣާވަތްރޭވިގޮތާއި އޭގައި ޢަމަލީގޮތުން ބައިވެރިވާމީހުން ވިދާޅުވެދދެއްވާ މަންޒަރު ވީޑޯ ނުކުރައްވަނީއެވެ.
ހަމަގައިމުވެސް ރޭންޖައްނެރެ ދައުލަތުޕާޕަޔާއި ޢަބުދުﷲ ޕާޕަޔާއި ހަވާލުކުރައްވައިފިނަމަ 2 ގަޑި އިރުގެ ކުރީން މިދެންނެވި ވީޑީއޯ ލިބިވަޑައިގަންނަވާނެއެވެ. ޔާމީނާއި އޭނާގެ ބައިވެރީނަގެހުރި ލަދުހަޔާތުގެ ފެންވރު ދަށްކަމާއިހެދި ހައިރާންނުވަނީ ކާކުތޯއެވެ.
ދިވެހީންނަކަށް ވެގެންއުޅޭގޮތެއް ނޯޅެއެވެ. މައްސަލަޔަކީ ރައީސްނަސީދުގެ ހިތްތިރިކުރުމުގެ ސިޔާސަތެވެ. އޭގެ ސަބަބުން ދިވެހިންނަށް ލިބުނުގެއްލުމެއްކަމުގައި މިބަޣާތްވާތް ނުވެ ނުދާނެއެވެ. މާތް ﷲގެ އިރާދަފުޅުން ރައީސް ނަޝީދަށް ދެންވެސް ހެޔޮބުއްދި އާއި ހެޔޮވިސްނުން ދެއްވާށިއެވެ.