މިނިވަންދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކޮށް ސަންދާނު 162 ހަފްތާ މަޖައްލާ މި ޖުލައި 26 ( ރާއްޖޭގެ މިނިވަންދުވަހު) ނިކުމެއްޖެއެވެ. މިފަހަރުގެ އިޝުއުގައި މައި ވާހަކައަކީ ވަތަންއެދޭގޮތް!؟
ވަތަން އެދުނުގޮތް ގިނަބަޔަކަށް އޮޅިފައެއްނެތެވެ. ސުވާލަކީ ވަތަން އެދުނުގޮތް ނުވެ ފެއިލްވާހިސާބައް މިދަނީ ކީއްވެގެންހެއްޔެވެ. ޒިންމާދާރުކޮށް ހެޔޮވެރިކަމެއްކުރުމުގެ ބަދަލުގައި އިއްތިހާދުގެ ބައިވެރީން ކޮންމެމީހަކުވެސް ވެރިކަންބޭނުންވެގެން ދަންމަރު ޖެހޭތަންފެންނަނީއެވެ.
އިތުރު ބައިވަރު އެހެނިހެން މުހިންމު ސިޔާސީ ޚަބަރުތަކާއިއެކު ސަންދާނުގެ 162 މިއަދު ގިނަ ފޮތްފިހާރަތަކުން ލިބެންއެބަހުއްޓެވެ.
ސަންދާނުގެ އެންމެހާ ބައިވެރީންނާއި ލިޔުންތެރިން އަދި ކިރުންތެރީންނާއި ސަޕޯޓަރުނަން އަދިވެސް އެއްފަހަރު މި މިނިވަން ޖުލައި 26 ދުވަހުގެ ހެޔޮއެދުންތަކާއި ތަޙުނިޔާ އަރިސްކޮށް ސަންދާނަށް ހެޔޮބަދަލުގައި ދެމިއޮތުމަށް ތިބޭފުޅުންގެ ޚިޔާލާއި ލިޔުންތަށް ސަންދާނުގެ މި ދެ އީމޭލް އަށް ފޮނުވަދެއްވުން އެދި ދެންނެވީމެވެ. editor@sandhaanu.com editor@sanhdaanu.org