ބަދަލުތައް ގެނައުމަށް ބޭނުންވާނެ ހުރިހާ އިންތިޚާބަކަށް ފުރުޞަތު ދިނުމަށް ތައްޔާރު ކަމަށް ރައީސް ނަޝީދު ހާމަކޮށްފިއެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި އިއްޔެ ޤައުމާއި މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ "މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިމިވާ މައްސަލަތައް ޙައްލުކުރާން ވެއްޖެނަމަ، މި ދުސްތޫރުގެ ބައެއް މާއްދާތަކަށް ބަދަލު ގެންނަން އެބަޖެހޭކަމަށާއި އަޅުގަނޑު މިހުރީ އެބަދަލުތައް ގެނައުމަށް ބޭނުންވާނެ ހުރިހާ އިންތިޚާބަކަށް ފުރުޞަތު ދިނުމަށް ތައްޔާރަށް. ކަމަށާއި ރައްޔިތުންގެ ކުރިމައްޗަށް ހުއްޓި، އެމީހުން އެދޭ ގޮތަކީ ކޮބައިތޯ އެހުމަށް ފަސްޖެހިވަދައިވަޑައިގަންނަވާނެ އެއްވެސް ދަނޑިވަޅެއް އިރާދަކުރެއްވިއްޔާ ނާންނާނެ"ކަމަށެވެ.
"އަދި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ޢަމަލު ކުރަމުން މިއަންނަ ޤާނޫނުއަސާސީ އެކުލަވައިލެވިފައި އެވަނީ، ރާއްޖޭގެ ވެރިކަމުގެ ތާރީޚުގެ ބަތާނައިން ފޭދިފައިވާ ވަރަށް ގިނަ ތަޖުރިބާތަކެއްގެ ތެރެއިން. ޒަމާނުއްސުރެން އެކުވެ، މަސްހުނިވެ ވާރުތަވަމުން އައި ވެރިކަންކުރާ ފަރާތުގެ ހައްދެއްނެތް ބާރު އެކަށީގެންވާ މިންވަރަށް ކުޑަކުރާންވެއްޖެކަމުގެ ވިސްނުމެއްގެ ތެރޭގައި ކަމަށާއި އެ ވިސްނުމަކީ ރަނގަޅު ނޫން ވިސްނުމެއް ކަމަށް އަދިވެސް އަޅުގަނޑު ނުދަންނަވާނެ ކަމަށެވެ.
ފަހަކަށް އައިސް ސަރުކާރާއ އިދިކޮޅު ފަރާތްތަކުން ދަނީ ރައީސް ނަޝީދު އިސްތިއުފާދީ އިންތިހާބަކަށް ކުރިމަތިލުމަށް ގޮވާލަމުންނެވެ. އަދި ރައީސް ނަޝީދު އިންތިހާބުގައި ކާމިޔާބު ނުލިބޭނެކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ޗެލެންޖު ކުރަމުންނެވެ.