މަތިދެކުނު ޕްރޮވިންސްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެމެރިކާގެ ކުންފުންޏަކަށް ހަވާލުކޮށްފިއެވެ.
ސަންދާނަށް ހަބަރު ލިބިފައިވާގޮތުގައި މަތިދެކުނު ޕްރޮވިންސްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމެރިކާގެ ޔޫއީއެމް ގުރޫޕަށެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ހަވާލުކޮށް އެކުންފުންޏާއި އަޕަރ ސައުތު ޔޫޓިލިޓީޒް ލިމިޓެޑާދެމެދު އިއްޔެ ވަނީ އެގްރީމެންޓްގައި ސޮއި ކޮށްފައެވެ.
"އެގްރީމެންޓްގައިވާގޮތުން " ޔޫ.އީ.އެމް. ގްރޫޕުން 30 މަސް ދުވަހުގެތެރޭގައި، މަތިދެކުނު ޕްރޮވިންސްގައި ހިމެނޭ ގއ. އަދި ގދ.ގެ 15 ރަށެއްގައި ނަރުދަމާއާއި، 17 ރަށުގައި ފެނުގެ ނިޒާމް ޤާއިމްކޮށްދޭންޖެހޭނެއެވެ. އަދި ކޮންމެ ރަށަކަށްވެސް ވަކި ސިސްޓަމެއް ޤާޢިމުކުރުމަށް'' އެއްބަސްވެފައިވެއެވެ.
"
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަތިދެކުނު ޔޫޓިލިޓީސްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢިދު ވިދާޅުވީ "ގއ، އަދި ގދ ޕްރޮވިންސްގެ ރަށްތަކަށް މިޚިދުމަތް ދިނުމަށްޓަކައި ތިރީސްދުވަހުގެ ތެރޭގައި ޑިޒައިންކުރުމުގެ މަސައްކަތްފެށޭނެކަމަށާއި މިމަސައްކަތަށްފަހު ތިރީސްމަސްދުވަހުގެ ތެރޭގައި މުޅި ޕްރޮޖެކްޓް ނިންމާލެވޭނެ' ކަމަށެވެ.
"
ޔޫ.އީ.އެމް. ގްރޫޕަކީ އެމެރިކާގެ ފްލޮރިޑާގައި ޤާއިމް ކުރެވިފައިވާ ފެނާއި، ނަރުދަމާއާއި، ވޭސްޓް ވޯޓަރ ޓްރީޓްމެންޓް އަދި ވޭސްޓް ވޯޓަރ ޑިސްޕޯސަލްގެ ޚިދުމަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުވައިދޭ ކުންފުންޏެކެވެ.