Site  
 

Downloads
Political Parties
News Sites
Contact Your MP
Other Sites
Site Menu

Home Page > Local

ވެލާނާގެއިން ފީކަރުދާސް ހޮވައިގެން އަރުވާލުމުގެ ނަތީޖާއަކީ

Fri, 27 Jun 2008 19:34:00
5 / 5 (1 Votes)
Article by:
މުޙައްމަދު ނަޞީރު، އއ.މާޅޮސް

Who will be the best president for Maldives?
Mohammed Nasheed (Anni)
Maumoon Abdul Gayyoom
Ibrahim Ismail (Ibra)
Ummar Naseer
Gasim Ibrahim
Hassan Saeed



ވެލާނާގެއިން ފީކަރުދާސް ހޮވައިގެން އަރުވާލުމުގެ ނަތީޖާއަކީ،

އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިންތިޚާބު ވުން!

 

ސަލާމާ ތަހުނިޔާ ޝުކުރާއެކީ ލޯބިން އަރިސްކުރަމޭ

     މަލާމެލި ރީތި އަމުނާ ހެޔޮހިތުން ބަރުތީލަ އަދު ކުރަމޭ

+    +      +       +      +     +     +       +      +       +      +      +      +

ދުވާލުގެ ހޫނުކަމާއި ހަލަބޮލިކަން، މެންދަމުގެ ފިނިކަމާއި ހަމަހިމޭންކަމަށް ތަންދީފިއެވެ. ދުންފިނިވިލާތައް ބޯމަތިން ކޮޅުކޮޅަށް އެބަދެއެވެ. އުދުހެމުން އަންނަ ފިނިވައިރޯޅިޔާއެކު، ކޯނިތަކާއި ގޮފިތައް ތިރިވަމުން އަރިވަމުން ދަނީއެވެ. ރާޅުފޮނުތައް އުފައްދާ ކުދިބާނިތައް ކަނޑުމަތީގައި ރިހީގެ ސާލެއް ފަތުރައިފިއެވެ. އަރަމުން އަންނަ، ރީތި ހަނދުގެ ދޯދިތަކުން ޖައްވު އުޖާލާ ކޮށްފިއެވެ.

އެހަރައިވެނީ، ގަސްތަކުގެ ފަތްތަކާ ނިވާވެގެންތިބި ދޫނިތަކުގެ ޢަނާދިލް އަޑުތަކެއްނޫނެވެ. ފޮޅެމުންދާ މާމެލީގެ ކަންފަތްދޮށުގައި ކޮކާތައް ސިއްރުބުނެދޭ އަޑެއްވެސް ނޫނެވެ. އެއިވެނީ، އުއްމީދާއި އުފަލުގެ ހޫނު އިންތިޒާރުން ކައްކަމުންދާ ހިތްތަކަށް ވެރިވަމުންދާ ތަފާތު އިޙުސާސްތަކުގެ އަޑެވެ. މުސްތަޤްބަލުގެ ހުވަފެނަށް މާމުއި އަޅާލުމުގެ މަޤްޞަދުގައި ކެތްމަދުވެފައިވާ ހިތްތަކުގެ ޝުޢޫރު ތަކުގެ އަޑެވެ. މެންދަމުގެ ފިނިކަމުގެ މައްޗަށް، ފަތިހުގެ ބާރު މިއޮއްގަދަވަނީއެވެ. މުޅި މާޙައުލު އުފަލުން ނަށައިގެންފިއެވެ. މުޅިޖައްވު އެއްފަހަރާ ހިނިތުން ވެލައިފިއެވެ. ޤައުމުގެ އުއްމީދުކަމަށްވާ ކެނެރީގޭ މުޙައްމަދު ނަޝީދު އަންނިގެ ފުރަތަމަ ކާމިޔާބުގެ ރަންދޯދިތައް އުދަރެހުން އެރީއެވެ. އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އިންތިޚާބު ވީއެވެ....

ދިވެހި ރާއްޖޭގެ ޑިމޮކްރަސީ އާއި އިންސާނީ މިނިވަންކަމާއި، ޤައުމީ ޙައްޤުތަކަށްޓަކައި ޙަޔާތާއި ނަފްސުން ޤުރުބާންވެ ވަޑައިގަންނަވާ ރައްޔިތުންގެ ޚާދިމެއްގެ ޢަމަލީ ކާމިޔާބީއެވެ. މުޙައްމަދު ނަޝީދު އަންނި ނޫން ދެވަނަ ފަރުދަކަށް މިދިވެހި ފަސްގަނޑުގައި މިތަޢުރީފެއް ނެތެވެ. ދިވެހިރާއްޖޭގެ މިއަދުގެ ތާރީޚު ރަނގަަޅަށް ހެކިވާނެއެވެ. މުސްތަޤްބަލްގެ ޖީލުތައް ފުރިހަމައަށް ޝުކުރުވެރި ވާނެއެވެ. ތިރީސްއަހަރުގެ ފޫހި ހިތްދަތި މާޔޫސީ ޙަޔާތް- އަނިޔާވެރި ބޭއިންސާފު އަދި ހަމައެއް ނެތް ދައުރު- ދިވެހި ދުނިޔެއާއި ވަކިކޮށްލުމަށްޓަކާ ޚިޔާލާއި ދުލާއި ބަހާއި ޢަމަލުން ޖިހާދުކުރި ހަމައެކަނި ދިވެއްސަކީ އަންނިއެވެ. ދެން އޭނާގެ ޤައުމީ ޚިދުމަތްތެރި ރައްޓެހިންނެވެ. އެމް.ޑި.ޕީގެ ރިޔާސީ ތަމްހީދީ އިންޤިލާބު އެދައްކައިދިނީ މިސާފު ރީތި ޙަޤީޤަތެވެ.

މިއަދު ދިވެހި ޤައުމު ބޭނުންވަނީ ދީނީ ހަމަހަމަ ކަމެވެ. ޝަރުޢީ ޢަދާލަތެވެ. ޤާނޫނީ އިންސާފެވެ. އިންސާނީ ޙުޤޫޤެވެ. ފިތުރީ މިނިވަންކަމެވެ. ދާޚިލީ ހަމަޖެހުމެވެ. ޤައުމީ މަޞްލަޙަތެވެ. އިޤްތިޞާދީ މާލީ ފުދުންތެރިކަމެވެ. ޙަޔާތުގެ ސާފު ރާސްތާއެވެ. ތާހިރު ދިރިއުޅުމެވެ. އަދި ޑިމޮކްރަސީއާއި ރައްޔިތުންގެ ވެރިކަމެވެ. މި މަޠްލަބް ޙާޞިލްކުރެވެން އޮތީ ހަމައެކަނި މުޙައްމަދު ނަޝީދު އަންނި، ދިވެހިރާއްޖެގެ ޒަޢާމަތާ ހަވާލުވެގެންނެވެ. އޭނާއަށް ޤައުމީ އުޅަނދުގެ މާލިމީކަން ލިބިގެނެވެ. އެމް.ޑީ.ޕީގެ ހިތްވަރުގަދަ ފަހުލަވާނުން އަންނިގެފަހަތުގައި ސާބިތުވެގެންނެވެ. ދިވެހި ޤައުމުގެ ގާތްގަނޑަކަށް އިއްތިފާޤު އެދިގޮވަނީ މިކަމަށެވެ.

މިއަދު ދިވެހިރާއްޖެ މިދެކޭ ނިކަމެތި ޙާލަތު، ޤައުމަށް ފިޓްވުމުގެ ކުރީން، މިއަނިޔާވެރި ޚުދުމުޚުތާރިއްޔާ ޤައުމުން ފުހެލެވޭތޯ އަންނި ހާދަ މަސައްކަތެއް ކުރެއްވިއެވެ. ގިނިކަންޏާއެވެ. ސަންގުގެ ޕޭޖްތައް މެދުވެރިކޮށެވެ. ބޭރުގެ ނޫސްތަކުގައެވެ. ތަފާތު ތަޞްނީފުތަކުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައެވެ. ޢާއްމުކޮށް ބިރެއްނެތި އެންމެންގެ ކުރިމަތީގައެވެ. ދުނިޔޭގެ ބައިނަލް އަޤްވާމީ ދާއިރާގައެވެ. އެމް.ޑީ.ޕީގެ ވަޞީލަތްތައް ބޭނުން ކޮށްގެނެވެ. އެމް.ޑީ.ޕީގެ ޒުވާން ފަހުލަވާނުން ގޮވައިގެންނެވެ. ނަމަވެސް، ޖަމާޢަތުގެ މުޅިފިކުރު ބަދަލުކޮށް، ހިތްތަކާއި ސިކުނޑިތައް ޝިކާރަކޮށް، މުޅިޖައްވުގައި ސިޔާސީ ކުށުގެ ބިރުވެރިކަން އުފައްދައި، ޖަލުން އަނިޔާދީ ފުރާނަޔާ މަސްގަނޑު ދެތަންކޮށް، އިންސާނީ ފިޠުރީ މަދަނީ ޙައްޤުތަކުން މަޙުރޫމުކުރަމުން، ދައުލަތުގެ މާލިއްޔާއަކީ އެތެރެ ކޯލުގެ ޙިމާޔަތުގައި ހޭދަކުރާ އަމިއްލަ މުދާކަމަށް ހަދައިގެން، އޮގަރުކަނޑިން ޢަދާލަތު ހިންގާ ވާގިގަދަ ޑިކްޓޭޓަރޝިޕެއް ވައްޓާލެވޭނީ ގިނަދުވަހު ބުރަ މަސައްކަތް ކޮށްގެނެވެ.

އެބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އުފެދި އައި ބަދަލުތައް މިއަދު ދިވެހި ދުނިޔެ މިޙިއްޞާ ކުރަނީއެވެ. އެކަމަކު، ސީނިއަރ މިނިސްޓަރުން ކަމުންފެށިގެން ޕިޔޯނުކަމާ ހަމައަށް، އައުލާދުންނާއި ރައްޓެހިންނަށް މަޤާމްތައް ދީފިއެވެ. ފަންސާސް އަހަރުން ދަށުގެ އާބާދީގެ ތިންބައިކުޅަ ދެބައި، ފަތުގެ ނުރައްކަލުގައި ތާށިކޮށްފިއެވެ. މުޅި ހުރިހާ ޒުވާނުންހެން، ފޭރުމާއި ވައްކަންކުރުމާއި، މާރާމާރީ ހިންގުންނޫން އެހެން ކަމެއްނެތް ބޭޤަރާރު ބަޔަކަށް ހަދައިފިއެވެ. މުޅިރާއްޖެ އެންމެ ފަޤީރު ޤައުމަކާ އެއްވަރަށް ލޯނަށް ދަރުވައިފިއެވެ. ބޭކާރު ޚަރަދުތަކާއި އިސްރާފުތަކުން ދައުލަތުގެ ބަޖެޓް ދަރަނިވެރި ކުރުވައިފިއެވެ. އަސާސީ އިންސާނީ ޒަރޫރީ ޚިދުމަތްތަކަށް ރައްޔިތުން އާދޭސްކޮށް ސަލާންޖައްސާ ސަޤާފަތު އަށަގަންނުވައިފިއެވެ. ތަކެތީގެ އަގުތައް އުޑާހަމައަށް އަރުވައިފިއެވެ. ދީނާއި އަޚުލާޤާ ދުރުގައި އުފައްދާފައިވާ ބޭކާރު މުޤައްރަރު ތަކަށް ޅަދަރީން ހާނުވައި، މަސައްކަތާ ދުރުކުރުވައިފިއެވެ. ހުރިހާކަމަކަށް ބިދޭސީން ގެނެސް މާލެޔާއި އަތޮޅުތައް ބަންގާޅީންގެ ޙަޔާތްކުޑަ ޢަމަލުތަކަށް ހުޅުވާލައިފިއެވެ. ޞިއްޙަތާއި ތަޢުލީމާއި އާމްދަނީ ހޯދުމަށްޓަކާ، މުޅިރާއްޖޭގެ އާބާދީ މާލެއަށް ތޮއްޖެހޭނެ ހުރިހާ މަގެއް ފަހިކޮށް އެކަން ކާމިޔާބު ކޮށްފިއެވެ.

އެހެންނަމަވެސް، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ޙައްޤުތައް ހޯދައި ގަތުމުގެ ހިތްވަރާއި، މިނިވަންކަން ލިބިގަތުމުގެ ރޫޙާއި، ޑިމޮކްރަސީ އަށް ވާޞިލުވުމުގެ ވާގި، ދިވެހި ރައްޔިތުންނާ ހަމައަށް ވާޞިލްވެއްޖެއެވެ. ހަމަ ސީދާ އަންނިގެ މަސައްކަތުންނެވެ. އަންނީގެ ހިތްވަރުންނެވެ. އަންނީގެ އެކުވެރިންގެ ބާރުގައެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ޑިމޮކްރަސީގެ ކަރުދާހުގައި ލިޔެވޭނެކަމަށް، ދިވެހިވެރިކަން ޑިމޮކްރަސީގެ މޭޒުމަތީގައި މަލްޓި ޕާޓީ ސިސްޓަމަށް އަތުވެދާނެކަމަށް، އަދި ދިވެހިރާއްޖޭގައި ޕާޓީއެއްގެ އެތެރޭގެ ރިޔާސީ ތަމްހީދީ އިންތިޚާބެއް ބޭއްވޭނެކަމަށް، މީގެކުރިން ހީކުރީކާކު ހެއްޔެވެ. މިއަދު  އެހުވަފެންތައް ސީދާ ޙަޤީޤަތަށް އަތުވެއްޖެއެވެ. އެއްޕާޓީގެ ތިން ކެންޑިޑޭޓުން ރިޔާސީ ތަމްހީދީ ކެމްޕޭނުކޮށް ވާދަވެރި އިންތިޚާބެއްގައި ކުރިޔަށް އަތުވެއްޖެއެވެ. އޮމާންކޮށް ޞުލްޙަވެރިކޮށެވެ. ޝުކުރުގެ ޙައްޤުވެރިއަކީ އަންނިއެވެ.

މިއީ، މުސްތަޤްބަލުގެ އުއްމީދެވެ. ޤައުމުގެ ކުރިޔަށް އޮތް ޖީލުތަކުގެ ހެޔޮނަޞީބެވެ. ރާއްޖޭގެ ރައްޔިތުންނަށް ދައްކަވާ ތަނަވަސް ޙަޔާތެވެ. ދެނެއް، ޚުދުމުޚުތާރިއްޔާއަކަށް ތަނެއް ނޯންނާނެއެވެ. ނަހަމައާއި ބޭއިންސާފާއި އަނިޔާވެރިކަމަށް ފުރުޞަތެއް ނުލިބޭނެއެވެ. ދެން އޮންނާނީ ބައިނަލް އަޤްވާމީ ދުނިޔެ ޤަބޫލުކުރާ ޑިމޮކްރަސީއެވެ. ރާއްޖޭގެ ސަޤާފަތު ޙިއްޞާކުރާ ވެރިކަމެވެ. ޤާނޫނީ ސިޔާސަތެވެ. ބޭބެއިންނާއި ކޮއްކޮއިންނާއި ޅިޔަން ފަހަރިންނާއި، ދަރީންނާއި، ކްލާސްމޭޓުންނާއި، ރައްޓެހީންގެ ވެރިކަމެއް ނޫނެވެ. ޢާއިލާއަށް ވާރުތަކޮށްދޭ ވިރާސީ ޚުދުމުޚުތާރިއްޔާއެއް ނޫނެވެ. ދިވެހިރާއްޖޭގެ ޑިމޮކްރަސީ ލީޑަރ އަންނީގެ ވެރިކަމެވެ.


Your name:
Your email:
Subject:
Comment Text:



shafeeu shaafee44553@hotmail.com އިލްތިމާސެއް Tue, 15 Jul 2008 21:00:48

މި އާޓކަލް ކިޔާލުމުން ލިބުނީ ކުއްލި ޙައިރާންކަމެކެވެ. ސަބަބަކީ ޤައުމުގައި ބިރުވެރިކަމުގެ ސިފަ އަށަގެއްނެވީ އަންނިއެވެ. ނުބުނުމުންނެވެ. ސަބަބަކީ އަންނިގެ ސަބަބުން ޤައުމުން އިޙްތިރާމު ކުރުމާއި ލޯއްބާއި ކުލުނު މުޅިންނެތިވެ ހިގައްޖެއެވެ. ބިރުވެރިނަރަކައަކަށް މި ޤައުމު އަންނި ހަދާލައިފި އެވެ.

 Other Articles
 Photo Gallery

Local

Local




Please Download dhivehi font by clicking Here. In the future click Downloads link from the left hand side of the Top Menu
 
 MDP CAMPAIGN HOTLINES:
Hotline: 7636000
Complaints: 7862000 / 3304620
Taxi: 7577070
Colombo: 0094 777442714
Malaysia: 006 0162630799
India: 0091 9895322020
ެ
Oct 2008
SunMonTueWedThuFriSat
      1 2 3 4
5 6 7 8 9 10 11
12 13 14 15 16 17 18
19 20 21 22 23 24 25
26 27 28 29 30 31  
Calendar: Please Click on the Arrows to view articles of different months and click on the dates to view articles by date. 
 

Congradulations for the hardwork done! A deserved win!!
 Latest Release
 

 IBRAHIM LUTFY'S APPEAL TO ADDUANS
 


Mohamad Zaki’s  Sandhaanu case report & letter to HRC of Maldives
 
  Click here to visit Hereafter lectures page
 

From Mormonism to Islam From Mormonism to Islam
My name is Ethel Mae Blizzard, and I live in San Diego, California USA and here is my story on how I became Muslim.
Anwar al Awlaki: A Question from a Reader on my Islamic Education Anwar al Awlaki: A...
I am not sure how much you have noticed, but in the West, their is a campaign to undermine your personal credentials as...
ޖިންނި މޮޔަވުމާއި މާސް ހިސްޓީރިއާ؟ ޖިންނި މޮޔަވުމާއި މާސް...
އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ އިންސީންނާއި ޖިންނީން ޙައްދަވައި، އިންސާނުންނާއި ތަފާތު އެއްޗެއްކަމުގައި ޖިންނީން...
Islamic Government: Governance of the Jurist (Part 7) Islamic Government:...
Program for the Establishment of an Islamic Government: It is our duty to work toward the establishment of an Islamic...
 
Jewish Maryam Embraces Islam Jewish Maryam Embraces...
I was Margaret (Peggy) Marcus. As a small child, I...
Tainted milk affects 50,000 Chinese Tainted milk affects...
The extent of China's contaminated milk scandal has...
Saudis Campaign Against Child Marriage Saudis Campaign Against...
JEDDAH — Shocked by stories of young girls being married...
Islam Vs. Secularism on Facebook Islam Vs. Secularism on...
CAIRO — Devout Muslims and secularists are using the...
 
 
  Work with us by sending us your views on what's important to you at editor@sandhaanu.org
Sandhaanu.com  Copyright © 2008 All rights reserved.
 
Powered by: PHPCow.com