`
ބިސްމިނުގެ ބަރަކާތުން ފަށްޓަނީ ސަމާލުވެ ވިސްނުމަށް
މިންނަތުންް ޖީލުގެ ޒުވާނުން ކުރިއަށް ނެރޭށެ ސިޔާސަތަށް
ގިސްލުމަށް ހަމަ ކޮންމެ ނަފުސެއް ތިބެ މިތާ ވާކަން ނެތޭ
ވިސްނުމަށް ހަމަ ކޮންމެ މީހަކު ފަށްޓާށެވީ ލަސް ނުކޮށް
އަޅުުވެތި ކަމާ ބިރުދެއްކުމާ އަނިޔާ މިތާގާާ އޮެތް ކަމާ
އަޅުވެތި ކުރަން މީހުން އުޅޭ ހުރިހާ ބޮނޑުންނަށް ނުރުހުމަށް
އަދުގެ ދުޢާ
އޯކޭ ޒާހިރު
އޭ ﷲ ! މިގައުމުގެ ޒުވާންޖީލާއި އެންމެހާ ރައްޔިތުން ހުރިހާ ނުރަގަޅު ސިފަތަކުން ސަލާމަތް ކުރައްވާ އެބައި މީހުންނަކީީ ﷲ އެންގެވި ގޮތުގައި އިސްލާމު ދީން ގަބޫލުކޮށް، އެމަގުން ކަަސްސާނުލާ ނަމާދު ގާއިމުކުރާ މައިން ބަފައިން ނަށް ކަމޭހިތާ، ކޮންމެ ކޮންމެ މީހަކު "ވެރި" ކަމުގައި ހުރީމަ ކަމުނުދާ އަޅުވެތިކަމާއި ދެކޮޅުހަދާ، ހައްގު ގޮތުގަ ހައްގު ހޯދަން މަސައްކަތް ކުރާ، "އިހުގެ ބަތަލުން ފަދައިން ޖިހާދަށް ތައްޔާރުވެތިބި"، ސިޔާސީ ވިސްނުން ކުރިއަށްނެރެ،ެ "ވެރިން" ހަމައިންނެއްޓި ގާނޫނުގެ ބާރުކަޑުވައިލައިފި ހިދެއްގައި އިންގިލާބު ގެންނަން ފިސާރިކެރިގެން ތިބި ބައެއްކަމުގައި ލައްވާށި.
އޭﷲ ! އަދި ދިވެހި ގައުމު އަނިޔާވެރި "ވެރިންގެ" އަނިޔާއިން ސަލާމަތް ކުރައްވާ މިގައުމުގެ ސަރުކާރު ހިންގަން ތިބޭ ބަޔަކީ ރައްޔިތުންގެ ލާބަޔަށް މަސަތްކަތް ކުރާ، ނުހައްގު ގޮތުގަ މިގައުމުގެ މުއްސަދިކަން އިސްރާފުނުކުރާ، "ވެރިން" ނާއި "ވެރިންގެ" ތިމާގެ މީހުނާއި، ރުހޭބަޔަކު ނޫނަސްް ސަލާން ނުޖަހާ ބޭސް ފަރުވާލިބޭނެ ރައްޔިތަކު ދިރުޅޭ ގައުމެއް ކަމުގަ ލައްވާށިއެވެ.
އޭ ﷲ ! މިގައުމުގެ ޢާލިމުންނަކީ ހުރަގޭގެ އަހުލުވެރިން ކަމުގައި ނުލަށްވާ އެބަޔަކަށް އެގިހުރިއެއްޗެއް އެހެންމީހުނަށް އޮޅުންފިލުވާދިނުމުގެ މަގު ލިބިގެންވާ އަދި އިސްލާމީ ޢަޤީދާގެ މަށްޗަށް ކަޑައޭޅޭ ތައުލީމީ ނިޒާމެއް މިގައުމަށް މިންވަރުކުރައްވާ ތަނެއްކަމުގައި ލައްވާށިއެވެ. އަދި މިރާޖޭގެ ކަޑާއި، ފަޅުތަކަކީ މަސްތުވާ ތަކެތީގެ ވެއްޓެއް ކަމުން ސަލާމަތް ކުރައްވާ ކަޑުމަތި އެއީ ރައްކާތެރި ކޮށް ދަތުރުކުރެވޭ ތަނެއް ކަމުގައި ލައްވާށި، އޭ ﷲ ! މިގައުމުގެ ރައްޔިތުންނަކީ މަސްތުވާތަކެތި ވަބާއިން ސަލާމަތްވެފާވާ ދުޅަހެއޮ ރައްޔިތަކު ދިރިއުޅޭ ގައުމެއްކަމުގަލައްވާށި، ރައްޔިތުން އެދޭފަދަ ގާނޫނެއް ލިބި އަދުލު އިންސާފު ގާއިމުކުރަށްވާ، މިގައުމުގެ ވެރިންނަކީ މި ގައުމުގެ ރަޔިތުން ކަމުގަލައްވާ އަދި ދެން މިންވަރުކުރައްވަވާ "ވެރި" އަކީ އުމުރަށް ވެރިކަމުގަ ދެމިހުންނަށް ބޭނުންނުވާނެ މީހަކު ކަމުގަ ލައްވާށިއެވެ.
އޭ ﷲ ! ފައިސާއަށްޓަކައި މިގައުމު ބުދު ދީނުގެ ހާއްޔަކަށް ހެދުމަށް ހުއްދަ ދިން "ވެރިން" ގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާށި. އާމީން