މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ކަމުން އަލަފާޞިލް ގާސިމް އިބްރާހީމް މިއަދު މެންދުރުފަހު އިސްތިއުފާ ދެއްވައިފި. މިއަހަރުގެ ބަޖެޓަކީ 4.4 ބިލިއަން ރުފިޔާ ދެފިސިޓް ބަޖެޓެއްކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިތާ 48 ގަޑިއިރު ނުވަނީސް މާލީ ވަޒީރު އިސްތިއުފާ ދިނުމަކީ ވަރަށްބޮޑެތި ސުވާލުތައް ކުރިމަތިކުރުވާ ކަމެެކެވެ. މުއުތަބަރުކޮށް މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް އިބްރާހީމް އިސްތިއުފާ ދެއްވީ ޑީއާރުޕީގެ ރަނިންގް މޭޓުކަން ނުލިބޭނެކަން ޔަގީން ވުމުންނެވެ.
އަދި ދާދި އަވަހަށް ޑީއާރުޕީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާއި ގާސިމް ގުޅިވަޑައިގަންނަވާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ވިޔަފާރި ވެރިޔަކު ބުނިގޮތުގައި ލޯނުނަގައިގެން ވެރިކަން ކުރާފަރާތުގެ ރުހުމާއި އެނހީގައި ވިޔަފާރީގައި ކުރިހޯދުމާއި ޤައުމެއްގެ މާލީވަޒީރުކަން ރައްޔިތުންނަށް ލާބަހުރިގޮތެއްގައި ހިންގުމަކީ އުޑާ ބިމާހާ ތަފާތުދެކަންތަކެވެ. ގާސިމު މިކަމުގައި ފެއިލްވާނޭކަން މާރަނގަޅަށްވެސް އެނގޭ، އަޙުމަދު ބުނުއްވިއެވެ.
ނަމަަވެސް މިދެމީހުނަށްވެސް މިކުޅިގަނޑުން ވަރަށްބޮޑު ކާމިޔާބީއެއްވަނީ ލިބިފައެވެ. އެއީ އެދުވަސްވަރު ރައީސް މައުމޫނު ބޭނުންވީ މުޅި ޤައުމު ގާސިމަށްދީގެންވެސް އޭނާގެ ސަޕޯޓް ހޯދައިގެން ވެރިކަންދެމެހެއެޓުމެވެ. މިގޮތުން ދިވެހި ނޫޓުގައި ސޮއިކުރެވޭނެގޮތްވެސް ހަދައިދީގެން ގާސިމުވަނީ ފިނޭންސް މިނިސްޓަރުކަން ގަބޫލުކޮށްފައެވެ. ޔާމީނު ކިތަންމެ ރުޅިއައިނަމަވެސް އެވަގުތައް މައުމޫނު ބޭނުންވީ ގާސިމު ސަޕޯޓެވެ. އަނެއްކޮޅުން ފައިސާވެރި ގަސިމަށްވެސ ޝާން އާއި ޝޮޚުރަތުލިބި ނުފޫޒުގެ ބޭނުންކޮށްގެން ވަރަށް ގިނަ ވިޔާފާރި ޑީލްތައް މަގުފަހިކުރުމުގެ ފުރުސަތު ހޯދުނެވެ. ދިވެހި ދައުލަތުގެ ބައިތުލްމާލު ކަމުގައިވާ ފަޅުރަށްތައް އެތަކެއް އަހަރަށް ކުލި އެޑްވާނސްކޮށް ނަގައި އޭނާގެ ހުވަފެނީ ބަޖެޓް ފޫބެއްދުމަށް ރާއްޖެވިއްކާލާނެ ފުތުސަތުހޯދިއެވެ. އަދި ގާސިމާއި އޭނާގެ މިތުރުންނަށް ލިބިފައިވާ ރަށްތައް 99 އަހަރަށް ކުއްޔަށް ލިބިދިނުމަށް މަސައްކަތްތަކެއްކޮށްފައިވެއެވެ.
ރާއްޖެ އެކުގައި ވިއްކާނުލައި މި މީހުންގެ އަތްދަށުން ދިވެހި ރާއްޖެ ސަލާމަތްވެވޭނަކަމުގެ އުއްމީދުތަށް ފަނޑުވެފައި ވަނިކޮށް ގާސިމުގެ މިއިސްތިއުފާއަކީ ވަރަށްވެސް ރަނގަޅުފާލެއްކަމުގައި ބަލަންޖެހެއެވެ.
2005 ވަނަ އަހަރު އޯގަސްޓްގައި ފިނޭންސް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތް ގާސިމް، މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "މިއަދު 2:30 ގައި އަޅުގަނޑު ފިނޭންސް މިނިސްޓަރުކަމުން އިސްތިޢުފާ ދީފިން"
ގާސިމް ވިދާޅުވީ 2006 ވަނަ އަހަރާއި 2007 ވަނަ އަހަރާއި އަދި 2008 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ހޯދުމަށް ބަޖެޓްކޮށްފައި ހުރި ފައިސާ ހޯދުމަށް ސަރުކާރުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާތީ އަމިއްލައަށް އެވަރުބޮދު ބަދުނާމެއް ބޮލުގައި އަޅަން ބޭނުން ނުވާތީ އިސްތިއުފާ ދެއްވީ ކަމަށެވެ.