ކޮންމެ މީހަކުވެސް ތިމާޔަކީ ރައްޔިތުންނަށް އެންމެ އިހްލާސްތެރި މިހާކަމަށް ދައުވާކުރާ ދުވަސްވަރެއްގައި ރައްޔިތުންނަށް މީހަކު އިހްތިޔާރުކުރުމުގައި އޮޅުންއެރުމަކީ ނުވުމަށްވުރެ ވުންގާތްކަމެކެވެ. ސަބަބަކީ ފާއިތުވެދިޔަ 29 އަހަރު ރައްޔިތުން ވަކިގޮތަކަށް ހާނުވާ އެމީހުން އަޅުވެތިކުރުމުގެ ބޮޑެތި މަޝްރޫއު ތަކެއް ހިންގާފަވާތީއެވެ. ﷲ ފުރުސަތު ދެއްވައިފިއްޔާ މިމަޝްރޫތަކުގެ ތަފްސީލްތައް ފަހުން ގެނެސްދޭނަމެވެ.
ޓެރަރިސްޓް މައުމޫންއާ ވާދަކުރަން ޕާޓީތަކެއް ނުވަތަ ސިޔާސީ ޖަމާއަތްތަކެއް ގުޅިގެން ނެރެންވީ ކާކުބާ؟ ހަމަޔަގީނުންވެސް ދަނޑިވަޅު ބަލާފާ ރައްޔިތުންނަށް އޮޅުވާލއިގެން ބަޔަކު ނާޖާއިޖް ފައިދާ ނަގަން އުޅޭއުޅުން ރައްޔިތުން އެކަމާ އަޅާނުލާ ދޫކޮށްލައިފިއްޔާ ރައްޔިތުންނާއެކު ރާއްޖެ ވެއްޓޭނީ އަނދަވަޅަކަށެވެ. އުމަރު ނަސީރު ކުލައެއް ޖައްސައިގެން އުޅުމަށްފަހު ފުޅައްމަތިން ފުންމާލއިފި ކަމުގެ ހެކިތަށް ފެންނަން ފަށައިފިއެވެ.
އަހަރެންނޭ ކިޔާފާ އަހަރެންގެ މައިބަދަ ބިންދާލި އުމަރު ދޮގުތައް ހަދަމުން ދިޔައިރުވެސް އަހަރެން އޭނާޔަށް މައާފު ކޮށްފާނަންކަމަށް ބުނީ އޭނާގެ ފަރާތުންވެސް ރައްޔިތުންނަށް ފައިދާތަކެއް ކޮށްފާނެކަމަށްބަލާފައެވެ. ނަމަވެސް އޭނާ ބޭނުންވީ ރައްޔިތުންގެ ބޮލަށް ގުއިރީފާ އަމިއްލަ އެދުން އިސްކުރާށެވެ. މިއީ ގަބޫލްކުރެވޭނެ ކަމެއްނޫނެވެ. މިއަދާ ހަމަޔަށްވެސް ބަދަބިންދާ އުމަރު އިންޓަވިއުތައްދީ ދޮގުހަދަމުން ބުނަނީ އަހަރެންގެ މައިބަދަ ބިންދާލީ މަސްތުވާތަކެތީގެ ބޮޑުވިޔަފާރި ވެރިއަކަށް ވާތީކަމަށެވެ.
އަދި އަހަރެން ނުކުޅެދޭ ހާލު އުޅެންޖެހުން އެއީ އަހަރެންނަށް ހައްގުގޮތް ކަމަށެވެ. ކޯޓް ތަކުގަޔާއި ފުލުސް އޮފީހުގައި އަހަރެން ހައްޔަރުކުރެވުނީ ކީއްވެގެންކަން އެގެންހުންނާނެއެވެ. ހައްގު އަދަބު ކަނޑައަޅާނީ ކޯޓުތަކުންނެވެ. ގާނޫނާހިލާފަށް ބޮޑު ޓެރަރިސްޓް ސިފައިންނަށް ދީފައޮންނަ ބާރެއްގެ ސަބަބުން އުމަރު ނަސީރު ކަހަލަ ސިފައިން ހިންގާފައިވާ އަދި ހިންގާ ޖަރީމާތަކަކީ ދީނީގޮތުންނާ އަދި ގާނޫނީގޮތުން އަހަރުމެންކަހަލަ މީހުންކުރި ކުއްތަކަށްވުރެ ބޮޑެތި ކުށްތަކެވެ. ބަދަބިންދާއަކީ ސޯލިހް ރަނގަޅު މީހެއްކަމަށް ދައުވާކުރަމުންދާހެން އަހަރެން އަހަރެންނަކީ ކުއްނުކުރާ ސޯލިހް ރަނގަޅުމީހެއްކަމަށް ބުނެފައެއް ނޯންނާނެއެވެ.
ދަޅައެއް ދައްކައިގެން ޕާޓީގެކުރިޔަށް 'އިސްލާމިކް' ކިޔަކަސް ބަޔަކަށް ދެނެއް އޮޅުވައެއް ނުލެވޭނެއެވެ.
ގާސިމް އިބްރާހިމް ފައިނޭންސް މިނިސްޓަރުކަމާ ހަވާލުނުވަނީސް ލަންކާގައި އެމްޑީޕީގެ ބައެއްބޮޑެތި މީހުންނާ ބައްދަލުކޮށް ވާހަކަދައްކަމުން ބުނީ ''ޕާޓީތައް ހަދަން ހުއްދަލިބުމުން އިލްޔާސް އިބްރާހިމާ އަހަރެން އުމަރު ނަސީރުގެ ގެޔަށްގޮސް އޭނާކައިރީ ބުނީ ޕާޓީއެއް ހަދަން، އުމަރު ނަސީރުއަށް މެންބަރުން ހަމަނުވުމުން މަށާ (ގާސިމް) އިލްޔާސް މެންބަރުން ހަމަކޮށްދިން'' ކަމަށެވެ. އުމަރު ނަސީރު އިއްތިހާދުގެ ކެންޑިޑޭޓަކަށް ގާސިމް އިބްރާހިމް ހަމަޖައްސަން އުޅޭއުޅުމާމެދު ބަޔަކު ހައިރާންވާކަށް ނުޖެހެވެ. އެއީ އެއްތައްޓަކުން ކައިހަދާ ދެމަކަރުވެރިންނެވެ.
ގާސިމް ފައިނޭންސް މިނިސްޓަރުކަމާ ހަވާލުވެ ފުރަތަމަވެސް ބެލީ ރިސޯޓް ތަކުގެ މުއްދަތު 50 އަހަރަށް އިތުރުކޮށް ކުއްޔާ ޓެކްސް ވަކިވަރެއްގައި ބަހައްޓާށެވެ. މިސާލަކަށް ގެޔެއް ނުވަތަ ފިހާރައެއް 1000 ރުފިޔާގެ ރޭޓުން 50 އަހަރަށް މީހަކު ކުއްޔަށް ހިފީއެވެ. ނަމަވެސް 10 އަހަރު ފަހުން 3000 ރުފިޔާގެ މަގުން އެހެންބަޔަކު އެގެ ނުވަތަ ފިހާރަ ކުއްޔަށް ހިފަންބޭނުން ވާއިރުވެސް ވެރިމީހާއަކަށް އެގްރީމެންޓް އުވާލެވޭކަށްނެތެވެ. މިއީ ގޭގެ ވެރިމީހާގެ ދަރިންގެ ދަރިންނަށްވެސް ލިބޭނެ ގެއްލުމެކެވެ. ރާއްޖޭގެ ރިސޯޓްތައް ބަޔަކު ނާޖާއިޒް ގޮތުގައި ބޭނުންކުރަންނާ އޭގެ ގެއްލުންވާނީ ރަޔްޔިތުންނަށެވެ. އަންނަންއޮތް ޖީލުތަކަށެވެ.
2007 ވަނަ އަހަރުގެ މުދަލުގެ ޒަކާތުގެ ގޮތުގައި ސަރުކާރަށް ލިބިފައިވަނީ އަށް މިލިޔަން ކޮންމެވެސް ވަރަކަށް ރުފިޔާއެވެ. މިފައިސާ ލިބެނީ ދީނީ މީހުން ހިންގާ ވިޔަފާރިތަކުންނެވެ. ހިސާބުތަކުން ދައްކާގޮތުގައި ބުރުމާ ގާސިމުގެ މިލްކިއްޔާތު 800 މިލިޔަން ޑޮލަރަށްވުރެ ބޮޑެވެ. 500 މިލިޔަން ޑޮލަރުން މުދަލުގެ ޒަކާތް ދައްކަން ޖެހޭކަމަށް ބަލައިފިއްޔާ 12.5 މިލިޔަން ޑޮލަރު(159 މިލިޔަން ރުފިޔާ ވަރު)ގެ ޒަކާތެއްއަހަރަކަށް ގާސިމް ދައްކަންޖެހޭނެއެވެ.
ޑރ ހަސަން ސައީދު އާއި އަންނި ވިޔަފާރީގެ ސާފު ފައިދާތަކުން 20-30%ގެ ޓެކްސްއެއް އެމީހުންގެ ވެރިކަމެއްގައި ނަގާނެކަމަށް ބުނުމުން ގާސިމްމެން ކަހަލަ ބޮޑެތި ވިޔަފާރިވެރިން ތެޅިފޮޅެނީ ކީއްވެގެންކަން ބަލަ ރައްޔިތުންނަށް އެނގެއެވެ. ގާސިމްގެ އަހަރު ފައިދާ 50 މިލިޔަން ޑޮލަރު ކަމަށްވަންޏާ 12.5 މިލިޔަން ޑޮލްރުގެ ޓެކްސްއެއް މަދުވެގެން ރައްޔިތުންނަށް ލިބޭނެއެވެ.
ފިރުއައުނާ، ހާމާނާ ގާރޫނަށް ނިމުމެއް އައިގޮތަށް ތިބައިގަޑަށްވެސް ނިމުމެއް އަންނާނެއެވެ. ރިސޯޓްތަކުންނާ އެހެނިހެން ފިޔަފާރިކުރާ ފަރާތްތަކުން ފޭރިގެންފައިވާ ރައްޔިތުންގެ ހައްގުތައް ﷲގެ އިޒްނަފުޅާއެކު ރައްޔިތުން ލިބިގަންނަ ދުވަސްވެސް ދިރިތިބިބަޔަކަށް ދައްކަވާނެއެވެ.(ނުނިމޭ)